އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ޑެންގީ ހުން ރިޕޯޓްކޮއްފައިވަނީ އއ އާއި ލ އަތޮޅުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހު އެކަނިވެސް ޑެންގީ ޖެހިހެން އއ. އަތޮޅުން 29 ކޭސް އަދި ލ. އަތޮޅުން 62 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން 1700 ކޭސް ރިޕޯޓްކޮއްފައިވާ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގ މި ދުވަސްވަރާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު އިތުރު ވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި މާލެ ސަރަހައްދަށް ބަލާއިރު ވިލިމާލެއިން މިމަހު ޑެންގީގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައެއް ނުވާއިރު، ހުޅުމާލެއިން 38 ކޭސް އަދި މާލެއިން 24 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ މިދުވަސްވަރު ޑެންގީ އިތުރު ވެފައިވަނީ މޫސުމުގެ ސަބަބުން ކަމަށާއި، އެ ބަލި ފެތުރޭ އީޑީސް މަދިރި މަދުކުރަން ގިން ޕްރޮގްރާމްތަކެއް ކުރިއަށް ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް