ރާއްޖޭގެ މެޑިކަލް ސްކޫލުގައި ބޭނުންކުރާނީ ވާޗުއަލް ޑައިސެކްޓިން ޓޭބަލް

ރާއްޖޭގައި ޑޮކްޓަރުންނަށް ކިޔަވަދޭން ފެށި މެޑިކަލް ސްކޫލުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުގެ ބަދަލުގައި ބޭނުންކުރާނީ ވާޗުއަލް ޑައިސެކްޓިން ޓޭބަލް ކަމަށް ގައުމީ ޔުނިވާރސިޓީއިން ބުނެފިއެވެ. ވާޗުއަލް ...

24 Apr 2019 | 12:11

ރާއްޖޭގައި ޑޮކްޓަރުންނަށް ކިޔަވަދޭން ފެށި މެޑިކަލް ސްކޫލުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުގެ ބަދަލުގައި ބޭނުންކުރާނީ ވާޗުއަލް ޑައިސެކްޓިން ޓޭބަލް ކަމަށް ގައުމީ ޔުނިވާރސިޓީއިން ބުނެފިއެވެ.

ވާޗުއަލް ޑައިސެކްޓިން ޓޭބަލްއަކީ އެންމެ ޒަމާނީ ވަސީލަތެއްކަމަށާއި އަދި މި ސަރަހައްދުގައި ގައުމު ތަކަށް ބަލާއިރު ޓެކްނޮލޮޖީ ބޭނުންކުރަނީ ވަރަށް މަދު މެޑިކަލް ސްކޫލުތަކުގައި ކަމަށް މެޑިކަލް ސްކޫލްގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވިއެވެ.

ޑައިސެކްޓިން ޓޭބަލް އަކީ، އިންސާނާގެ ހަށިގަނޑު ވާޗުއަލް ސްކްރީނަކުން ފެންނަ ގޮތަށް ބަހައްޓައިގެން ކިޔަވައި ދިނުމަށް ބޭނުން ކުރާ ނިޒާމެކެވެ.

ޑރ. ޝީޒާ ވިދާޅުވީ، މި ސަރަހައްދުގެ ސަރުކާރު މެދިކަލް ސްކޫލްތަކުގައާއި، މަދު ޕްރައިވެޓް ކޮލެޖުގައި އަދިވެސް ބޭނުން ކުރަމުން އަންނަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑު ކަމަށެވެ. އަދި ރާއްޖެއަށް ޑައިސެކްޓިން ޓޭބަލް ގެނެސްފައިވަނީ ސްވިޑަންއިން ކަމަށާއި، އެ ކުންފުނީގެ ބޭފުޅުން ރާއްޖެއައިސް ޓްރެއިނިންގެ ވެސް ދީފައިވާ ކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

މެޑިކަލް ސްކޫލުން މިހާރު އެ ސްކޫލުގެ ދެވަނަ ބެޗުގެ ކިޔަވައިދިނުން ފެށުމަށް ތައްޔާރުވަމުންދާއިރު ދެވަނަ ބެޗްއަށް 36 ދަރިވަރުން ޝަތުރުހަމަވާ ކަމަށް ޝީޒާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ދަރިވަރުންގެ މެޑިކަލް ހެއްދުމުގެ މަސައްކަތްތައްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް