މާފުށީގައި ގައިދީންނަށް ޚާއްޞަކޮށް ލޯންޑްރީ އަކާއި 2 އެޕާރޓްމަންޓް ހުޅުވައިފި

މާފުށި ޖަލުގައި ޤައިދީންނަށް ޚާއްޞަކޮށްގެން ލޯންޑްރީ އަކާއި، އެކަހެރި ބައްދަލުވުންތަކަށް ޚާއްޞަ އިތުރު ދެ އެޕާރޓްމަންޓް މިއަދު ހުޅުވައިފި އެވެ. ލޯންޑްރީ އާއި އެޕާރޓްމަންޓް ހުޅުއްވާ ދެއްވީ، މާފުށީ ޖަލު...

24 Apr 2019 | 11:38

މާފުށި ޖަލުގައި ޤައިދީންނަށް ޚާއްޞަކޮށްގެން ލޯންޑްރީ އަކާއި، އެކަހެރި ބައްދަލުވުންތަކަށް ޚާއްޞަ އިތުރު ދެ އެޕާރޓްމަންޓް މިއަދު ހުޅުވައިފި އެވެ.

ލޯންޑްރީ އާއި އެޕާރޓްމަންޓް ހުޅުއްވާ ދެއްވީ، މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާ އެވެ.

މިއަދު ހުޅުވި ލޯންޑްރީއަކީ، އަންހެން ޤައިދީންގެ ޔުނިޓް ގައި އަންހެން ޤައިދީން ބޭނުންކުރުމަށް ހުޅުވި ލޯންޑްރީ އެވެ. އަދި މި ލޯންޑްރީއަކީ އޮފިސަރުންގެ ބެލުމުގެ ދަށުން އަންހެން ޤައިދީން އެއްޗެހިދޮވުމަށް ޚާއްޞަކޮށްގެން ހުޅުވި ލޯންޑްރީއެކެވެ.

މި މަސައްކަތަކީ، ޤައިދީންނަށް އުޖޫރަދީގެން ކުރުވުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި ފިރިހެން ޤައިދީން ބޭނުންކުރުމަށް ފިރިހެން ޤައިދީންގެ ޔުނިޓްގައި ވެސް ލޯންޑްރީ އެއް ހުޅުވުމަށް ވަނީ ހަމަ ޖެހިފަ އެވެ.

އަދި އެކަހެރި ބައްދަލުވުންތައް ބޭއްވުމަށް  ޚާއްޞަ އިތުރު 2 އެޕާރޓްމަންޓް މިއަދު ހުޅުވާފައިވާއިރު ޖުމްލަ ހަތަރު އެޕާރޓްމަންޓް އެކަހެރި ބައްދަލުވުންތަކަށް ބޭނުންކުރެވެމުން ދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް