ޕަބްޖީ ކުޅުންތެރިންނަށް ހާއްސަކޮށްގެން އުރީދޫއިން ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
މި ޕެކޭޖްގައި އެންމެ 250ރ. އަށް ޕަބްޖީ އަންލިމިޓެޑް ޕެކް ލިބިގެންދާނެއެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ގޭމު ކަމަށާއި، މި ގޭމު ކުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދާ ކަމުގައެވެ. އެގޮތުން އުރީދޫގެ 4ޖީ+ ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތަށް އެހީތެރިވެ، އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭނެ ކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ.
ޕަބްޖީ މޯބައިލް ކުޅުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކާއި އެކު، އުރީދޫ އިން މިއަދު ވަނީ ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އޭގެތެރޭގައި ޕަބްޖީ 50ޕެކް 50 ރުފިޔާއަށް ލިބޭއިރު، ހިލޭ އެއް ޖީބީ ހަފްތާއަކަށް ލިބޭނެއެވެ. ޕަބްޖީ100 ގެ ޕެކް 100 ރުފިޔާއަށް ލިބޭއިރު، 2 ޖީބީ އެއް މަސްދުވަހަށް ލިބޭނެއެވެ. މީގެ އިތުރުން، ޕަބްޖީ އަންލިމިޓެޑް ޕެކޭޖް 250ރ. އަށް ލިބޭއިރު މި ޕެކޭޖްގެ މުއްދަތަކީ އެއް މަސްދުވަހެވެ. މި ޕެކޭޖުގައި ޑޭޓާ ވަނީ އަންލިމިޓެޑް ކޮށްފައެވެ.
ޕަބްޖީ ޕްލޭންތައް ޚިޔާރުކުރުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސް.އެމް.އެސް ކުރައްވާށެވެ. ހަމައެހެންމެ، *929*5*1# އަށް ގުޅާލުމުންވެސް، ފަސޭހަކަމާއި އެކު މި ޚިދުމަތް ޚިޔާރުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް