ނަގޫރޯޅީގައި ބޮޑަށް ގެއްލުންވި ގެތަށް މަރާމާތު ކުރެވިއްޖެ : ފޮނަދޫ ކައުންސިލް

ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހަ ގެ އަލުން މަރާމާތު ކޮއްފައިވާ ކަމަށް ފޮންދޫ ކައުންސިލުން ބުނެފިއެވެ. މި ހަ ގެ މަރާމާތު ކުރެވިފައިވާއިރު އެ ގެ ތަކުގައި މީހުން ދިރިއުޅ...

24 Apr 2019 | 09:11

ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހަ ގެ އަލުން މަރާމާތު ކޮއްފައިވާ ކަމަށް ފޮންދޫ ކައުންސިލުން ބުނެފިއެވެ.

މި ހަ ގެ މަރާމާތު ކުރެވިފައިވާއިރު އެ ގެ ތަކުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށްވެސް ފޮނަދޫ ކައުންސިލްއިން ބުނެފައިވެއެވެ.

މި ހާދިސާގައި 12 ގެއަކަށް އެކި ވަރުގެ ގެއްލުންވެފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި ހަ ގެ މަރާމާތު ކޮއްފައިވަނީ އެން.ޑީ.އެމް.ސީ، ރަށު ކައުންސިލް، އެމް.އެން.ޑީ.އެފް އަދި ރަށު ކައުންސިލުން ބައިވެރިވެގެން ކަމަށް ފޮނަދޫ ކައުންސިލުން ބުނެއެވެ.

މީގެއިތުރުން، ފޮނަދޫ ކައުންސިލުން ބުނީ ނަގޫރޯޅި އަރައި ވެއްޓުނު ގަސްތައް ސާފުކުރުގެ މަސަތްކަތް 24 ގަޑިއރުތެރޭ ނިމިފައިވާކަމަށެވެ.

ނަގޫ ރޯޅި އަރާފައިވަނީ ފޮނަދޫ ބަރާސިލް އަވަށަށެވެ. މިހާރު ރަށް އާންމު ހާލަކަށް އެޅުވިފައިވާކަމަށް ފޮނަދޫ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް