އަސްކަރީ ހަރަކާތެއް ހިންގުމަށް ޖަޕާނުގެ މަނަވަރެއް ރާއްޖެއަށް

ރާއްޖޭގެ ކޯސްޓްގާޑާއި ޖަޕާނުގެ ނޭވީ ގުޅިގެން އަސްކަރީ ހަރަކާތެއް ހިންގުމަށް ޖަޕާނުގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ. "ޖޭއެސް ސަމިޑާރެ" ނަމަކަށް ކިއުނު މި މަނަވަރަކީ، 2000 ވަނަ އަހަރު ބިނާކޮ...

24 Apr 2019 | 08:54

ރާއްޖޭގެ ކޯސްޓްގާޑާއި ޖަޕާނުގެ ނޭވީ ގުޅިގެން އަސްކަރީ ހަރަކާތެއް ހިންގުމަށް ޖަޕާނުގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

"ޖޭއެސް ސަމިޑާރެ" ނަމަކަށް ކިއުނު މި މަނަވަރަކީ، 2000 ވަނަ އަހަރު ބިނާކޮށް 2001 ވަނަ އަހަރުންފެށިގެން ޖަޕާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރަމުން އަންނަ މަނަވަރެކެވެ. މި މަނަވަރުގެ ދިގުމިނުގައި 151 މީޓަރު ހުންނާނެއެވެ. މީގެ އިތުރުން ތިން ފަންގި ފިލާއަށް ބިނާކޮށްފައިވާ މި މަނަވަރުގައި، 60 ހާސް ހޯޕަވަރުގެ 4 ޑީސަލް އިންޖީނުގެ އިތުރުން، ގަޑިއިރަކު 56 މޭލު ބާރު މިނުގައި ދުއްވުމުގެ ޤާބިލުންކަން ލިބިފައިވެއެވެ.

މި އަސްކަރީ މަނަވަރުގައި، ކުރު ރާސްތާގެ މިސައިލްތަކާއި، އެންޓި ސަބްމެރިން ރޮކެޓާއި، އަވަސް ހަމަލާދޭނެ އޮޓޮމެޓިކް ފަޔަރިން ސިސްޓަމާއި، ކްލޯސްއިން ވަން ވެޕަން ސިސްޓަމްފަދަ ތަފާތު ގިނަ ޒަމާނީ އަސްކަރީ ހަމަލާދޭ ނިޒާމުތަކެއް ވަނީ ޤާއިމުކޮށްފައެވެ. އަދި މި މަނަވަރުގައި އަސްކަރީ ދެ ހެލިކޮޕްޓަރުވެސް ބޭނުންކުރެއެވެ.

މި މަނަވަރު ބަލާލުމައްޓަކައި އެމްއެންޑީއެފް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ސްކޫލް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް