އެމިރޭޓްގެ އެންމެ ފަހުގެ މަތިންދާ ބޯޓު 777-300 ER އަންނަ ޖޫންމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފަތުރުތައް ފަށާނެ ކަމަށް އެ އެއާލައިންއިން ބުނެފިއެވެ.
އެ އެއާލައިން ބުނީ، ފަސްޓް ކްލާސްގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާ ފެންވަރުގެ މި ފްލައިޓުން ދުބާއީ އާއި މާލެއާއި ދެމެދު ކުރާ ދަތުރުތައް ފެށިގެންދާނެ ކަމުގައެވެ. އަދި ރާއްޖެ ވެގެންދާނީ އޭޝިޔާ ސަރަހައްދުގައި ގަވާއިދުން އެ ފްލައިޓް އޮޕަރޭޓް ކުރާނެ ފުރަތަމަ ގައުމު ކަމުގައިވެސް އެމިރޭޓްސް އިން ބުންޏެވެ. އެގޮތުން އީކޭ658 ފްލައިޓު ދުބާއީން މާލެއަށް 4:20 އިން 9:30 އަށް ދަތުރު ކުރާނެ ކަމަށާޢި، މާލެއިން ދުބާއީއަށް 11:00 އިން މެނދުރު 2:00 އަކަށް ދަތުރުތައް އޮންނާނެ ކަމަށް އެ އެއާލައިން އިން އިއުލާނު ކުރިއެވެ.
އެ އެއާލައިނުން އިތުރަށް ބުނީ، އެ ފްލައިޓް ފަސްޓް ކްލާހުން ފެށިގެން ބިޒްނަސް ކްލާސްއާއި އިކޮނޮމީ ކެބިންތަކަކީ ދަތުރުވެރިންނަށް ފަސޭހަވާ ގޮތަށް ޑިޒައިންކޮށްފައިވާ ފްލައިޓެއް ކަމުގައެވެ. މީގެ އިތުރުން، މަލްޓި މިލިއަން ޑޮލަރުގެ އަޕްގްރޭޑްތައް ގެނެސްފައިވާ ކެބިންތަކެއް މި ފްލައިޓްގައި ހުންނާނެ ކަމަށާއި، އެގޮތުން ދަތުރުވެރިޔާއަށް ވަކިން ހާއްސަކޮށްފައިވާ ޕްރައިވެޓް ސޫޓްތަކާއި މުޅިން އާ ގޮތަކަށް އިންޓީރިއާ ބަދަލުކޮށްފައިވާ ބިޒްނަސް ކްލާސްގެ ސީޓުތައް ހުންނާނެ ކަމަށްވެސް އެމިރޭޓްއިން ބުންޏެވެ.
މި ބޯޓު މިހާތަނަށް އޮޕްރޭޓް ކުރަމުން އަންނަނީ ޖެނީވާއާ، ބްރުސެލްސްއާ، ޓޯކިއޯއާއި ލަންޑަންގެ ސްޓެންސްޓެޑް އެއާޕޯޓަށް އަދި ރިޔާދްއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް