ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފީގައި 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޤިރާއަތުގެ ސެޓްފިކެޓް 1 ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ޝަރުތުތަކެއް ހުށަހެޅިފައިވެއެވެ. އެގޮތުން ފަށާތައުލީމު ނިންމާފައިވުމާއި (ގްރޭޑް 7 ނިންމާފައިވުން)، އުމުރުން 16 އަހަރު ފުރިފައިވުން އަދި މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން ލިމެނެއެވެ.
މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 8 ހަފްތާގެ މުއްދަތަށެވެ.
އަދި މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދޫކުރަމުން ގެންދާނެ ކަމަށް ކީރިތި ގުރުއާނާބެހޭ މަރުކަޒުން ނެރިފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ. މީގެ އިތުރުން، މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 މެއި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުމަށްފަހު ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮފީއާއެކު އެ މަރުކަޒުގެ ފުވައްމުލަކު ގޮތްޕަށް ހުށަހެޅުމަށްވެސް ވަނީ މި އިއުލާނުގައި އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް