ފަސް އަހަރު ފަހުން ރާޅާ އެޅުމުގެ މުބާރާތެއް

މާލޭ އިރުމަތީ ފަރާތު ވަރުނުލާ ރާޅުގަނޑު، ބުރިޖު އެޅުމައްޓަކައި ބަންދު ކުރުމުގެ ސަބަބުން ރާޅާއެޅުމުގެ މުބާރާތެއް ނުބޭއްވޭތާ 5 އަހަރު ފަހުން މުބާރާތެއް ބާއްވަން ނިންމައިފިއެވެ. "ސީ ސްޕޯރޓްސް ރާޅު ސީސަން...

24 Apr 2019 | 07:54

މާލޭ އިރުމަތީ ފަރާތު ވަރުނުލާ ރާޅުގަނޑު، ބުރިޖު އެޅުމައްޓަކައި ބަންދު ކުރުމުގެ ސަބަބުން ރާޅާއެޅުމުގެ މުބާރާތެއް

ނުބޭއްވޭތާ 5 އަހަރު ފަހުން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

"ސީ ސްޕޯރޓްސް ރާޅު ސީސަން އޯޕަނިންގ 2019 " ގެ ނަމުގައި ބާއްވާ މި މުބާރާތަކީ، މޯލްޑިވްސް ސާރފިން އެސޯސިއޭޝަންގެ ފަރާތުން 1 މޭ 2019 އިން 4 މޭ 2019 ގެ ނިޔަލަށް، މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، މުބާރާތުގައި 2 ޑިވިޝަނަކަށް ވާދަކުރުމަށް 44 ރާޅާއެޅުންތެރިން ވަނީ ރެޖިސްޓަރ ވެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެއީ ޝޯރޓްބޯރޑް ޑިވިޝަންގައި 23 ރާޅާއެޅުންތެރިން، އަދި ބޮޑީ ބޯރޑިން ޑިވިޝަންގައި 21 ރާޅާއެޅުންތެރިންނެވެ.

ވަރުނުލާ ރާޅުގަނޑު ގައި ކުރިޔައްދާ މި މުބާރާތުގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން ރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސް އެވެ. ކޯ ސްޕޮންސަރަކީ ލިޒީ އެވެ. އަދި ޕާރޓނަރ ސްޕޮންސަރުންނަކީ ސީ ގިއަރ އަދި ދިރާގެވެ.

މޯލްޑިވްސް ސާރފިން އެސޯސިއޭޝަނުން ބުނީ، މި މުބާރާތުގައި ރާއްޖޭގެ އެކި ރަށްރަށުން ރާޅާއެޅުންތެރިން ބައިވެރިވެފައި ވާކަމުގައެވެ. އެގޮތުން ފުވައްމުލަކާއި ލާމު އަތޮޅުން ގިނަ އަދަދެއްގެ އެތުލީޓުން މުބާރާތުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވޭ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ރައްރަށުގައި ތިބި ރާޅާއެޅުންތެރިން ކުރިއަރުވައި، އެ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަކީ  ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް އެސޯސިއޭޝާނުން އިތުރަށް ފާހަގަކުރިއެވެ.

މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަނަކީ ރާޅާއެޅުން ކުރިއެރުވުމަށްޓަކައި 2000 ވަނަ އަހަރު އުފެދި ހަރަކާތްތެރިވަމުން އަންނަ ކުޅިވަރު ޖަމްޢިއްޔާއެކެވެ. އަދި އެ ޖަމްޢިއްޔާ އަކީ އިންޓަނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ މެމްބަރަކަށް ވުމުގެ އިރުރުން ދިވެހިރާއްޖޭގައި ރާޅާއެޅުމުގެ ކުޅިވަރެގެ ގަ ވާރނިންގ ބޮޑީވެސް (ޤައުމީ އެސޯސިއޭޝަން) މެއެވެ. ރާޅާއެޅުމަކީ ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ގިނަ ވަނަތަކެއް ހޯދައިދީފައިވާ ކުޅިވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް