ސިފައިންގެ ކްލިނިކް ކަމަށްވާ ސެނަހިޔާގެ ފެންވަރު ރަގަޅު ކުރުމަށް އެ ކްލިނިކް ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރޭ ބޭއްވި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސެނަހިޔާ ވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށް މުޅިން އާ ހިދުމަތްތަކެއް ދޭން ފެށޭނެ ކަމުގައެވެ. އަދި ސެނަހިޔާ ހޮސްޕިޓަލަކަށް ހެދުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރޭގެ ހަފްލާގއި ރައީސް ވަނީ ސިފައިންގެ ޑޮކްޓްރީންވެސް ނެރެދެއްވާފައެވެ. ރައީސް ވިދާޅުވީ، ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް