ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށްބުނެ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ދެއްކެވި ވާހަކައާއި ގުޅިގެން މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ކޯޓަށ...

24 Apr 2019 | 06:44

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށްބުނެ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ދެއްކެވި ވާހަކައާއި ގުޅިގެން މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން ސުއޫދަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ މިއަދު މެންދުރު 1:15 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާކަމަށެވެ.

ރާއްޖޭ ޓީވީގެ އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް އިތުބާރު ނެތްކަމަށާއި ހުރިހާ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމުގައެވެ.

މި ކަމާ ގުޅިގެން އިއްޔެ ސުޕްރިމް ކޯޓުންވަނީ ބާޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވާ ގޮތުން، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން، އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް