ފަނޑިޔާރު ކަމުގެ މަގާމުން ވަކިވުމުން ދައުލަތުން އިނާޔަތެއް ލިބެންޖެހޭ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
މި އިސްލާހުގައި ވާ ގޮތުން، ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ކޮންމެ މީހަކަށާއި، އެ މަޤާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެއެވެ.
މި އިސްލާހާއި ބެހޭގޮތުން މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށް ވަނީ ތާވަލްކޮށްފައެވެ.
މި ހަފްތާގެ ހޯމަ ދުވަހު ވަނީ މަޖިލީހުގެ މެންބަރު ކަމުން ވަކިވާ ކޮންމެ މީހަކަށްވެސް އިތުރު އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދިނުމަށް އިމްތިޔާޒްތަކާ ބެހޭ ޤާނޫނަށް އިޞްލާޙުތަކެއް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް