ލަންކާ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 359 އަށް

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 359 އަށް އަރައިރިފިއެވެ. މި އަދަދު 359 އަށް އަރާފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގަ...

24 Apr 2019 | 05:30

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 359 އަށް އަރައިރިފިއެވެ.

މި އަދަދު 359 އަށް އަރާފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ.

ބޮމުގެ މި ހަމަލާތަކާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތައް ބަލާއިރު މި ހަމަލާއާއި ގުޅުންހުރި ބަޔަކު ރޭގައިވެސް ހައްޔަރުކޮށްފައިވެއެވެ. އަދި މި ހަމަލާތަކާއި ގުޅުންހުރި ބަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މި ހަމަލާތަކާއި ގުޅިގެން 40 އަށްވުރެ ގިނަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ. ނަމަވެސް އެ ޖަމާއަތުން މި ހަމަލާގެ ޒިންމާ އުފުލިނަމަވެސް ތަހުގީގާ ހަވާލާދީ ލަންކާ ފުލުހުން ބުނެފައިވާގޮތުގައި މި ހަމަލާއަކީ ބޭރުގެ ފަރާތެއްގެ އެހީއާއެކު ލަންކާގެ ތައުހީތު ޖަމާއަތުން ދިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާތަކަކީ ސްވިޒަލެންޑްގެ ކްރައިސްޓް ޗާޗަށް ދިން ހަމަލާގެ ރައްދުކަމަށްވެސް ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

އާދީއްތަ ދުވަހު މި ހަމަލާތައް އަށް ސަރަހައްދެއްގައި ދީފައިވާއިރު އޭގެ ތެރޭގައި ކްރިސްޓިއަނުން އަޅުކަންކުރާ ތިން ޗާޗަކާއި ފަތުރުވެރިން ތިބޭ ތިން ހޮޓަލެއް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް