ހައުސިން ޔުނިޓްތަކުގެ ހާލަތު ބައްލަވައިލަން މިނިސްޓަރު އައްޑުއަށް

ހައުސިން ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލަވައިލަން ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ އައްޑޫ ސިޓީއަށް ވައިޑައިގަނެފިއެވެ. ހައުސިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގ...

24 Apr 2019 | 05:20

ހައުސިން ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލަވައިލަން ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ އައްޑޫ ސިޓީއަށް ވައިޑައިގަނެފިއެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިނިސްޓަރު އައްޑޫ ސިޓީއަށް ވަޑައިގަތީ މިމަހު 24 އަދި 25 އަށް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ހައުސިންގް އާއި ގުޅުންހުރި ބައެއް ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކުރާނެ ކަމަށާއި، އިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލަވާލައްވާނެ ކަމަށްވެސް އެ މިނިސްޓްރީގެ ޓްވީޓުގައި ވެއެވެ.

މި ދަތުރުފުޅުގައި އެކަމަނާ ހުޅުމީދޫ އާއި ހިތަދޫ ހައުސިންގް ޔުނިޓުތައް ބައްލަވާލައްވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ފޭދޫ ރޯ ހައުސްތައް ވެސް މިނިސްޓަރު ބައްލަވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް