ރައީސް އޮފީސް ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 11:23 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓުވެފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެކަކު ހޭނެތިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެމީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
އައިސީޔޫގައި ފަރުވާދެމުން ދަނީ 44 އަހަރުގެ މީހަކަށެވެ. އަނެއް މީހާ އަކީ 20 އަހަރުގެ މީހެއް ކަމަށްވެ އެވެ. އޭނާގެ ހާލު ރަނގަޅެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި އެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް