ހައްޔަރުކޮށްފައި ތިބި ކުރީގެ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ކުރީގެ ފުލުހުންތައް ގޭ ބަންދަށް ބަދަލު ކޮށްފި އެވެ. އެ މައްސަލައިގަ އަށް ފުލުހަކު ބަންދުކޮށް ވަޒީފާއިން ވަކ...

24 Apr 2018 | 16:57

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ކުރީގެ ފުލުހުންތައް ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.

އެ މައްސަލައިގަ އަށް ފުލުހަކު ބަންދުކޮށް ވަޒީފާއިން ވަކި ކުރި އެވެ. އޭގެ ތެރޭގައި ޗީފް އިންސްޕެކްޓަރަކާއި، އިންސްޕެކްޓަރެއްގެ އިތުރުން ކޯޕްރަލް އަކާއި ސާޖަންޓު ލެވެލްގައި ތިބި ފުލުހުން ހިމެނެ އެވެ.

އެމީހުން މިހާތަނަށް ތިބީ މާފުށީ ޖަލުގައި ބަންދުކޮށްފައި އެވެ. ގޭބަންދަށް ބަދަލު ކުރީ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހައްޔަރުގައި ތިބި މި ފުލުހުންގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި، ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ އަށް ފުލުހުންގެ ބޯ އެ މީހުންގެ ނުރުހުމުގައި ބޭލުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިމަހު ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން، ވެރިކަން ވައްޓާލުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން އަރީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަށް ކުރަނީ، އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ތަންފީޒުކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް