ފުލުހުންގެ ތަހުގީގަށް ފޯނު ހުޅުވައި ނުދިން މައްސަލައިގަ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުށްވެރި ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
މި މައްސަލައިގަ ހައި ކޯޓުން ރިޔާޒުގެ މައްޗަށް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ހުކުމް ކުރީ ރިޔާޒްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.
ރިޔާޒަށް ކަނޑައެޅި ހުކުމަކީ ސާބިތުވި ކުށާ ގުޅިގެން ދެވޭނެ އެންމެ ބޮޑު އަދަބެވެ.
މި ހުކުމުން ރިޔާޒްގެ މެންބަރުކަމެއް ނުގެއްލޭނެ އެވެ. މެންބަރުކަން ގެއްލޭނީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެެއް އައުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް