އަތޮޅު ތެރޭގެ ކޯޓުތަކަށް 90 މެޖިސްޓްރޭޓުން ހޯދަނީ

އަތޮޅު ތެރޭގެ މެޖިސްޓްރޭޓު ކޯޓުތަކަށް 90 މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ. އެ ކޮމިޝަނުގެ އިއުލާނުގައި ވާގޮތުން ބައެއް ކޯޓުތަކަށް ބޭނުންވަނީ އިސް މެޖިސްޓްރޭޓުންނެވެ....

24 Apr 2018 | 07:06

އަތޮޅު ތެރޭގެ މެޖިސްޓްރޭޓު ކޯޓުތަކަށް 90 މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުގެ އިއުލާނުގައި ވާގޮތުން ބައެއް ކޯޓުތަކަށް ބޭނުންވަނީ އިސް މެޖިސްޓްރޭޓުންނެވެ. އަނެއްބައި ކޯޓުތަކަށް ބޭނުންވަނީ މެޖިސްޓްރޭޓުންނެވެ. ބައެއް ކޯޓުތަކަށް އިސް މެޖިސްޓްރޭޓާއި މެޖިސްޓްރޭޓުންވެސް ހޯދަން އިއުލާނުކޮށްފައިވެ އެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިޕްލޮމާއެއް އޮތުމާ އެކު ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު މަސައްކަތް ކޮށްފައި ވުން ނުވަތަ ޑިގްރީއަކާ އެކު ވަކީލު ކަމުގައި ދެ އަހަރު ހޭދަ ކޮށްފައިވުމެވެ.

އިސް މެޖިސްޓްރޭޓުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބޭއިރު، މެޖިސްޓްރޭޓުންގެ މުސާރަ އާއި އިނާޔަތަލީ މަހަކު 23،000ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ

މި ކަމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާ އަދާ ކުރަން ޖެހޭނީ ޖޭއެސްސީން ކަނޑައަޅާ ކޯޓެއްގައި ކަމަށް ބުނެފައިވެ އެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައިވާއިރު މިދިޔަ ހަފްތާގައި ވަނީ ގިނަ އަދަދެއްގެ ގާނޫނީވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް