މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ދިވެހި ޓީޗަރުން އިހުތިޖާޖު ހުއްޓާލުމަށް ފަހު ކިޔަވައިދޭން ފަށައިފި އެވެ..
އެ ސްކޫލްގެ ޓީޗަރުން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު ދަރިވަރަކު ޓީޗަރަކާއި މެދު ހިންގި މާރާމާރީ އަކާއި ގުޅިގެން ޓީޗަރު އިއްޔެ ސަސްޕެންޑުކުރުމުންނެވެ. އެ ދަރިވަރާއި މެދު ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.
އެ ސްކޫލްގެ ޓީޗަރަކު ވިދާޅުވީ އިހުތިޖާޖު ކުރަންފެށީ އެފަދަ މައްސަލަތަކުގައި ޓީޗަރުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތުމުން ކަމުގެ ކަންބޮޑުވުން ފާޅު ކުރުގެ ގޮތުންނެވެ. ޓީޗަރުންގެ ޑިމާންޑަުކޮށްފައިވަނީ އެޑިއުކޭޝަންގެ އިސް ބޭފުޅުން ޓީޗަރުންނާ ބައްދަލުކޮށް ޓީޗަރުންގެ ކަންބޮޑުވުންތައް އަޑު އަހައި އެ ކަންތައް ހައްލު ކޮށްދިނުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރުން އަލުން ކިޔަވައިދޭން ފެށީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އެ ސްކޫލަށް ވަޑައިގެން އިހުތިޖާޖު ކުރަމުންދިޔަ ޓީޗަރުންނާއި ބައްދަލު ކުރުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޝްވަރާގައި ޓީޗަރުންގެ ކަންބޮޑުވުންތައް އަޑު އަހައި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޓީޗަރާއި ދަރިވަރާއި ދެމެދު މާރާމާރީ ހިންގަން ޖެހުނީ އެ ޓީޗަރު ކިޔަވައިދޭން ހުރި ކްލާހަށް އެހެން ކްލާހެއްގެ އެ ދަރުވަރު ހުއްދަ ނެތި ވަދެ އެ ކްލާހުގައި ތިބި ދަރިވަރުންނާއި ފުރައްސާރަ ކުރުމުން ނުކުންނަށް އެންގުމުންނެވެ. މާރާމާރީ ހިންގި މި ދަރިވަރަކީ މީގެ ކުރިންވެސް ސްކޫލްގެ އިތުރު މުވައްޒަފުންތަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ރެކޯޑު އޮންނަ ކުއްޖެއް ކަމަށްވެ އެވެ.
އެކަމަކު އޭގެން އެއްވެސް މައްސަލައެއްގައި ކުއްޖާއަށް ފިޔަވަޅު އަޅާފަ ނުވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް