މިއަހަރުގެ ކަލާސް އެވޯޑު ނަބާހާއަށް

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާސް އެވޯޑު" ބެޑްމިންޓަން ޗެމްޕިއަން ފާތިމަތު ނަބާހާ ރައްޒާގު ހޯދައިފި އެވެ. ރޭ އޮތް އެވޯޑު ދިނުމުގެ ހަފްލާގައި މި އެވޯޑ...

24 Apr 2018 | 03:32

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާސް އެވޯޑު" ބެޑްމިންޓަން ޗެމްޕިއަން ފާތިމަތު ނަބާހާ ރައްޒާގު ހޯދައިފި އެވެ.

ރޭ އޮތް އެވޯޑު ދިނުމުގެ ހަފްލާގައި މި އެވޯޑު ނަބާހާ އާއި ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުންދާ ނަބާހާ ގެ ފަރާތުން އެވޯޑާއި ހަވާލުވީ މަންމަ އެވެ.

ނަބާހާއަށް މި އެވޯޑު ލިބުނީ ފެބްރުއަރީ މަހު ޔުގެންޑާގައި ބޭއްވި ބެޑްމިންޓަން މުބާރާތަކުން  އަންހެން ސިންގަލްސް ބައިގެ ތިން ވަނަ އޭނާ ހޯދުންނެވެ. އަދި ނަބާހާ ވަނީ އިންޑިއާގެ ގުވަހާޓީގައި މިދިޔަ އަހަރު އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ވެސް ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.

ކަލާސް އެވޯޑުގެ އިތުރުން ނަބާހާ އަށް ވަނީ އައުޓްސްޓޭންޑިންގެ އެވޯޑު ވެސް ލިބިފަ އެވެ. ނަބާހާގެ އިތުރުން އެ އެވޯޑު ތިން ދަރިވަރަކަށް ލިބުނެވެ.

ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 181 ދަރިވަރުން ހޯދައިފަ އެވެ. މި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް