ބޮލީވުޑްގެ ފިލްމުތަކުގައި ހެއްވާ މަޖާ ބައިތަކުން ފެނިގެންދާ ރާޖްޕަލް ޔާދަވް ޗެކް ބައުންސިންގެ މައްސަލައެއްގައި ހަ މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ރިޕޯޓުުތައް ބުނާގޮތުގައި އޭނާ އާއި އަންހެނުން ރާދާ ޔާދަވް އާއި ދެކޮޅަށް ޗެކް ބައުންސްވި ހަތް މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ. އަދި ހަ މަހުގެ ޖަލު ހުކުމަކީ މި ހުރިހާ މައްސަލައެއްގެ އަދަބު ކަމަށްވެ އެވެ.
އެކަމަކު ރާޖްޕަލް ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ. ބަދަލުގެ ގޮތުގައި ކޮންމެ މައްސަލަ އަކަށް ވަކިން 1.60 ކްރޯޑް ރުޕީސް އޭނާ ކޯޓަށް ދައްކަން ޖެހުނެވެ. މި ހުކުމާއި ގުޅިގެން އޭނާ ބުނެފައިވަނީ ކޯޓުގެ ހުކުމަށް އިހުތިރާމް ކުރާ ކަމަށާއި އެކަމަކު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
މި މައްސަލަތައް ހުށަހަޅާފައިވަނީ ފިލްމެއް ހެދުމަށް އިންޑިއާގެ ވެޔަފާރިވެރިއެއްގެ އަތުން ރާޖްޕަލް ފަސް ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި އެ ނުދައްކައިގެންނެވެ. އެ ކަމަކު އޭނާ އެ ލޯނު ނަގައިގެން 2010 ވަނަ އަހަރު ހެދި ފިލްމު ރިލީޒް ކުރި އެވެ.
މީގެ ކުރިންވެސް އެހެން މީހުން އަތުން ލޯނު ނަގައި ނުދެއްކި މައްސަލަތަކެއްގައިވެސް އޭނާ މައްޗަށް ހުކުމް ކޮށްފައިވެ އެވެ.
ރާޖްޕަލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސުޕާ ހިޓް ފިލްމު "ޖުޑްވާ 2" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް