މީރާގެ ހުޅުމާލޭ ބްރާންޗް ހުޅުވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޠީ (މީރާ) ގެ ހުޅުމާލޭ ބްރާންޗު ހުޅުވައިފި އެވެ. މި ބްރާންޗު ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޔަ...

24 Apr 2018 | 02:46

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޠީ (މީރާ) ގެ ހުޅުމާލޭ ބްރާންޗު ހުޅުވައިފި އެވެ.

މި ބްރާންޗު ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވީ އެ ބްރާންޗް އަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް  ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ ޓެކުހުގެ ގާނޫނުން މީރާ އަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ.

މީރާއިން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭ ކަަމަށެވެ.

އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.

މި ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި މީރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް