ޕްރިންސް ވިލިއަމް އާއި ކޭޓްއަށް މިފަހަރު ފިރިހެން ކުއްޖެއް

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަނަށް ތިން ވަނައަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފި އެވެ. ކޭޓް ވިހެއީ އިއްޔެގެ ވަގުތެއްގައި ލަންޑަންގެ އެސްޓީ މޭރީ ހޮސްޕިޓަލްގަ އެވެ...

24 Apr 2018 | 02:34

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަނަށް ތިން ވަނައަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފި އެވެ.

ކޭޓް ވިހެއީ އިއްޔެގެ ވަގުތެއްގައި ލަންޑަންގެ އެސްޓީ މޭރީ ހޮސްޕިޓަލްގަ އެވެ. އެއީ ވިލިމާއި ކޭޓަށް ފުރަތަމަ ލިބިވަޑައިގެންނެވި ޕްރިންސް ޖޯޖް، 4، އާއި ޕްރިންސެސް ޗާލޮޓް، 2، ވެސް އުފަންވެވަޑައިގަތް ހޮސްޕިޓަލެވެ.

ކޭޓް ވިހެއުމާ ގުޅިގެން ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ކޭޓާއި ދަރިކަލުންގެ ހާލު ވެސް ރަނގަޅު ކަަމަށެވެ.

އަލަށް އުފަންވެވަޑައިގަތް ދަރިކަލުން ވާނީ އިނގިރޭސި ތަހުތާ ހަ ވަނަ އަށް އެންމެ ގާތުގައި ހުންނަވާނެ ބޭފުޅަށެވެ.

ވިލިއަމް އާއި ކޭޓްއަށް ލިބިވަޑައިގަންނަވާ ތިންވަނަ ދަރިކަލުންނަކީ އުމުރުފުޅުން 92 އަހަރުގެ ރާނީ އެލިޒަބަތުގެ ހަވަނަ މުނި މާމަ ދަރިކަލުންނެވެ.

ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ދޮށީ ދަރިކަނލުން ވިލިއަމަށް ތިން ވަނަ ދަރިކަލުން ލިބިވަޑައިގެންނެވި އިރު، އޭނާގެ ކޮއްކޯފުޅު ޕްރިންސް ހެރީ އަންނަނީ އަލަތު ކައިވެންޏަށް ތައްޔާރުވެވަޑައިގަންވަމުންނެވެ.

އެ ކައިވެނި ހަފްލާ އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް