ފުލުހުންގެ އޮޕަރޭޝަނެއްގައި އޮފީހެއްގެ ދޮރު ވައްޓާލައިފި

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މއ އެނބޫ ގޯޅީގައި ހުރި އޮފީހެއްގެ ދޮރު ވައްޓާލައި އެ އޮފީހަށް ފުލުހުން ވަދެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރ...

24 Apr 2017 | 18:55

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މއ އެނބޫ ގޯޅީގައި ހުރި އޮފީހެއްގެ ދޮރު ވައްޓާލައި އެ އޮފީހަށް ފުލުހުން ވަދެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ފުލުހުން އެ ގޯޅީގައި ހުރި އޮފީހެއްގެ ދޮރު ވައްޓާލީ ދޮރު ވައްޓާލަން ބޭނުންކުރާ ހާއްސަ އާލާތެއް ބޭނުން ކޮށްގެން ކަމަށާއި ދޮރު ވައްޓާލި ވަގުތު ބާރު އަޑުފައްގަނޑެއް އިވުނު ކަމަށެވެ.

"އެއީ ބޭރު މީހުން ގެންނަ އޭޖެންސީ އޮފީހެއް ކަމަށް މައުލޫމާތު ލިބެނީ" އެ ސަރަހައްދުގައި ހުރި ދުހުގެ ނޫސްވެރިޔާ އިފްރާޒް ބުންޏެވެ. އިފްރާޒް އިތުރަށް ބުނީ ފުލުހުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފޮރެންސިކް މީހުން އެ އޮފީހުގެ އެތެރޭގައި ހަރަކާތްތެރި ވަމުން އަންނަކަމުގައިވެސް ބެލެވޭ ކަމަށެވެ.

12:17 : ފުލުހުން މއ އެނބޫގޯޅީގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އަދިވެސް ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް އަންނަނީ ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް