ޔާމީންގެ ހަނދާނުގައި ވައިގެ ތެރެއަށް ރަތް ފުއްޕާހަން ދޫކޮށްލައިފި

ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވަ އިއްޔެރޭ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގާ ޔާމީން ރަޝީދުގެ ހަނދާނުގައި ވައިގެ ތެރެއަށް ރަތް ފުއްޕާހަން ދޫކޮށްލައިފި އެވެ. ދިވެހި ނޫސްވެރިން އިސްނަގައި...

24 Apr 2017 | 14:16

ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވަ އިއްޔެރޭ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގާ ޔާމީން ރަޝީދުގެ ހަނދާނުގައި ވައިގެ ތެރެއަށް ރަތް ފުއްޕާހަން ދޫކޮށްލައިފި އެވެ.

ދިވެހި ނޫސްވެރިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި ޔާމީންގެ އާއިލާގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. މި ހަރަކާތް އޮތީ މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި އެވެ.

ޔާމީންގެ ހަނދާނުގައި ރާތް ފުއްޕާހަން ދޫކޮށްލަން ނިންމީ އޭނާ މަރުވުމުގެ ކުރިން އެންމެ ފަހުން ޓުވިޓާގައި ހިއްސާކޮށްފައިވަނީ ރަތް ފުއްޕާހަމަކަށްވާތީ އެވެ. އެއީ މިމަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ ޓުވީޓެކެވެ.

މިއަދުގެ ހަރަކާތުގައި ބައިވެރިވި ނޫސްވެރިން ބުނެފައިވަނީ ޔާމިންއަށް ދިން ހަމަލާއަކީ މިނިވަން ނޫސްވެރިކަމަށް ދެވުނު ވަރުގަދަ އިންޒާރެއް ކަމަށެވެ. އަދި ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.

ކަރަށާއި ބޮލަށް ވަޅި ހަރާ މަރާލާފައިވާ ޔާމީންގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވެ އެވެ. ޔާމީން މަރުވީ އެރޭ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މެންދަމު 3:48 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް