ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަ ލައްކަ ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަ ލައްކަ ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި އެވެ. އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަ...

24 Apr 2017 | 10:08

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަ ލައްކަ ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި އެވެ.

އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ. ސަރުކާރުގެ ފަރާތުން އެހީއާއި ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެހީގެ ދަށުން ޖަޕާނު ސަރުކާރުން ވަނީ 66.7 މިލިއަން ޖަޕަނީސް ޔެން ނުވަތަ 9.34 މިލިއަން ދިވެހި ރުފިޔާއަށްވާ، ( ހަ ލައްކަ ޑޮލަރު) ސިއްހީ ދާއިރާއަށް ބޭނުންވާ ތަފާތު ވަސީލަތްތައް ފޯރުކޮށްދީފައި ކަމަށެވެ.

އޭގެ ތެރޭގައި މޯބައިލް އެކްސްރޭ މެޝިނާއި ޑެންޓަލް ޔުނިޓާއި މޯބައިލް ވެންޓިލޭޓާ ފަދަ ތަކެތި ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ތަކެތި މިހާރު ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރެއިން ބައެއް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ އަތޮޅު ތެރެއަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ބައެއް ސާމާނު މިހާރު އަތޮޅު ތެރެއަށް ފޮނުވަން ފަށާފައިވާކަމަށެވެ. އެކަމަކު އެއީ ކޮން ހޮސްޕިޓަލްތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ޖަޕާނު ސަރުކާރުން ވަނީ 2012 ވަނަ އަހަރު ވެސް 7.7 މިލިއަން ރުފިޔާގެ އަގުހުރި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް