އަދީބު ފިސްތޯލަ ގެންގުޅުއްވި މައްސަލައިގަ ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ. އެ މައްސަލައިގަ އަދީބުގެ މައްޗަށް ވަނ...

24 Apr 2017 | 07:47

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

އެ މައްސަލައިގަ އަދީބުގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އެ މައްސަލަ ހައިކޯޓުގައި އަދީބުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 20 ގައި އެވެ.

އެ މައްސަލައިގަ އަދީބަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން ފަހެއްގައި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އަދީބު ފިސްތޯލަ ގެންގުޅުވިން ތައް ދެކުނު ކަމަށް ދެ މީހަކު ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ދަށު ކޯޓުން ހެކިން ބަލައިގަތުމުގައި ގާނޫނާ ހިލާފަށް އަމަލު ކޮށްފައި ނުވާ ކަމަށާއި، އަދީބަށް އެ ކަމަށް ޖަވާބުދާރީވާން ފުރުސަތުވެސް ދެވިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އޭރު އެގޮތަށް ހުކުމް ކުރިޔަސް ފުލުހުންނަށް އެ ފިސްތޯލަ އަދީބު އަތުން ހޯދިފައި ނުވާއިރު މިހާތަނަށް ފުލުހުންނަށްވެސް އެ ފިސްތޯލަ ހޯދިފައެއް ނުވެ އެވެ. އެހެންވެ އަދީބުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ހުކުމް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ މީހަކު ބުނި ބުނުކަމަށް ބަލައިގެން ކަމަށެވެ.

އަދީބު ގެންދަވަނީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ރިޔާސީ ލޯންޗު ކޮޅުގައި ބޮން ގޮއްވި މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ އިތުރުން މި މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް