މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ އިންތިޒާމްކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހަމަޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރޭ ކަޅުތުއްކަލާކޮށީގައި ސިފައިންގެ 125ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ޔާމީން ވިދާޅުވީ ދިރިހުރުމުގެ ހައްގު ކޮންމެ އިންސާނަކަށްވެސް ލިބިގެންވާކަމަށާއި އެހެންނަމަވެސް އެ ހައްޤު ނިގުޅައިގަތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި ރާއްޖޭގައި މަރުގެ ހުކުމް ތަނފީޒު ކުރަންޖެހޭކަމަށާއި އެގޮތުން މިހާރު ވަނީ ސަރުކާރުން މާފުށީގައި އިމާތް ކުރާ ޗެމްބަރުގެ މަސައްކަތް ނިމިފައިކަމަށެވެ.
ޤާނޫނުގައި ކަޅާއި ހުދުން ލިޔެފައި ނެތަކަސް ދިރިހުރުމުގެ ހައްޤާ އެއް މިންވަރަށް މުދަލުގެ ސަލާމަތާ ރައްކާތެރިކަންވެސް ކަށަވަރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް