އައިއެސް ޖަމާޢަތުން އިރާޤުގެ މޫސަލްގެ އަވަށެއްކަމަށްވާ ހަމާމް އަލް އަލިލް ހުންނަ ސިފައިންގެ މަރުކަޒަކަށް ޙަމަލާދީފިއެވެ.
އެ ޖަމާޢަތުގެ ސިއްރު ތިން ހަނގުރާމަވެރިޔަކު ސިފައިންގެ މަރުކަޒުގެ އެތެރެއަށް ވަދެ ދިން އެ ޙަމަލާގައި ސިފައިންގެ ތިން މީހަކުވަނީ މަރުވެފައިވެއެވެ.
މޫސަލްގެ ލޯކަލް ޗެނަލެއްގެ ރިޕޯޓަރުންނާއި ހަވާލާދީ އަލް ޖަޒީރާއިން ބުނެފައިވަނީ އެ ހަނގުރާމަވެރިން ޙަމަލާ ދިނުމުގެ ކުރިން ޖާނުންފިދާވެގެން ޙަމަލާދޭ ދެ ހަނގުރާމަވެރިޔަކު މަރުކަޒުގެ އެތެރެއަށް ވަނަންނިކޮށް ހާދިސާ ހިނގިއިރު އެ މަރުކަޒު ތެރޭގައި ތިބި އެ ރިޕޯޓަރުންނަށް ފެނުނެވެ.
ދިހަ ހަނގުރާމަވެރިންގެ ގުރޫޕަކާއި ހަތަރު ޖާނުން ފިދާވެގެން ޙަމަލާދޭ ހަނގުރާމަވެރިޔަކު ދިން މި ޙަމަލާގައި އެ މީހުންވަނީ ސިފައިންގެ ހެލިކޮޕްޓަރެއް އަތުލައިގަތުމަށްވެސް މަސައްކަތްކޮށްފައެވެ.
އިރާޤުގެ އުތުރުގައި އޮންނަ އެންމެ ބޮޑު ސިޓީކަމަށްވާ މޫސަލް އައިއެސް ޖާމާޢަތުގެ ބާރުގެ ދަށަށްދިޔާއީ 2014 ވަނަ އަހަރުގެ މެދުތެރޭގައެވެ. އޭގެފަހުން އެ ސިޓީގައި މިކަހަލަ ޙަމަލާތަކަކީ މިހާރު ވަރަށް އާންމުކަމެކެވެ.
(އަލްޖަޒީރާ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް