ހޮލީވުޑްގެ ވޯލްކް އޮފް ފޭމް އަށް ކްރިސް ޕްރެޓްގެ ތަރި

ހޮލީވުޑް އެއްމެ ކާމިޔާބު މީހުންގެ ނަމުގެ ތަރިތައް ބަހައްޓާފައި ހުންނަ ވޯލްކް އޮފް ފޭމްގައި ކްރިސް ޕްރެޓްގެ ތަރިވެސް ހިމެނިއްޖެ އެވެ. ގާޑިއަން އޮފް ދަ ގެލެކްސީ އިން މަޝްހޫރުވެފައިވާ ކްރިސް އަށް އޭނާގެ ...

24 Apr 2017 | 04:52

ހޮލީވުޑް އެއްމެ ކާމިޔާބު މީހުންގެ ނަމުގެ ތަރިތައް ބަހައްޓާފައި ހުންނަ ވޯލްކް އޮފް ފޭމްގައި ކްރިސް ޕްރެޓްގެ ތަރިވެސް ހިމެނިއްޖެ އެވެ.

ގާޑިއަން އޮފް ދަ ގެލެކްސީ އިން މަޝްހޫރުވެފައިވާ ކްރިސް އަށް އޭނާގެ ނަމުގެ މި ތަރި ލބިފައިވަނީ މިދިޔަ ހުކުރު ދުވަހު ވޯލްކް އޮފް ފޭމް ގައި ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ.

37 އަހަރުގެ ކްރިސް އޭނާގެ ޝަރަފުގައި ބޭއްވުނު މި ހަފްލާއަށް ގޮސްފައިވަނީ އޭނާގެ އަންހެނުން އެނާ ފެރިސް އަދި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ޖެކް އާއި އެއްކޮށެވެ.

އޭނާ ވަނީ މިހަފްލާގައި ވާހަކަދައްކަމުން އޭނާއަށް އެއްމެ ބޮޑު ތަރި (އޭނާގެ ދަރިފުޅު) ދިން ކަމަށްޓަކާ އަންހެނުން އެނާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފެނާއި ވަޔާ ނުލައި އޭނާއަށް ދިރި އުޅެވުނަސް އެ ދެމައިން ނުލާ އޭނާ އަށް ނޫޅެވޭނެކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މި ހަފްލާގައި އޭނާގެ ގާޑިއަން އޮފް ދަ ގެލެކްސީ ފިލްމުން ފެނިގެންދިޔަ ގިނަ ތަރިންނެއް ވަނީ ބައިވެރި ވެފަ އެވެ.

ކްރިސް މިހާރު އުޅެނީ އޭނާގެ އެންމެ ފަހުގެ ފިލްމް އަދި މާރވެލްސް ގެ އެންމެ ފަހުގެ ފިލްމް ގާރޑިއަންސް އޮފް ދަ ގެލެކްސީގެ ދެވަނަ ބައި ރިލީޒް ކުރުމުގެ މަސައްކަތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް