ޝޯއިން ވަކިވި މީހުންނަށް ކަޕިލް ޝުކުރު އަދާ ކުރިޔަށް ސިއްދޫ ބޭނުންވަނީ އަދިވެސް އެމީހުން ގެންނަން

ކަޕިލް ޝަރުމާ ޝޯ އިން 100 އެޕިސޯޑް ފުރިހަމަކޮށްފައިވާއިރު 100 ވަނަ އެޕިސޯޑް ޝޫޓް ކޮށްފައިވަނީ ކަޕިލް ޝޯގެ މުހިއްމު ތަރިންތަކެއް ނުލަ އެވެ. އެހެންނަމަވެސް ކަޕިލް އެމީހުންގެ މަތިން ހަނދާނެއް ނުނެތެ އެވެ...

24 Apr 2017 | 04:43

ކަޕިލް ޝަރުމާ ޝޯ އިން 100 އެޕިސޯޑް ފުރިހަމަކޮށްފައިވާއިރު 100 ވަނަ އެޕިސޯޑް ޝޫޓް ކޮށްފައިވަނީ ކަޕިލް ޝޯގެ މުހިއްމު ތަރިންތަކެއް ނުލަ އެވެ.

އެހެންނަމަވެސް ކަޕިލް އެމީހުންގެ މަތިން ހަނދާނެއް ނުނެތެ އެވެ. ކަޕިލް ވަނީ އޭނާގެ 100 ވަނ އެޕިސޯޑުގައި ޝޯ ދޫކޮށްލާފައި ދިޔަ އެންމެނަށް އެމީހުން ޝޯއަށް ކޮށްދިން ކަންތައްތަކަށްޓާކައި ޝުކުރު އަދާކޮށްފަ އެވެ.

ކަޕިލް އެމީހުންނަށް ޝުކުރު އަދާކުރުމުން ނަވްޖޯތް ސިންގް ސިއްދޫ ވަނީ އެ އެންމެން ކައިރީ އެނބުރި ޝޯއަށް އައުމަށް އެދިފަ އެވެ.

ކަޕިލް އާއި ދޭތެރޭ ޖެހުނު މައްސަލައެއްގައި ޝޯގެ މުހިއްމު ދެ ތަރިން ކަމަށްވާ ސުނިލް ގްރޯވަރު، އަލީ އަސްގަރު، ޗަންދަން ޕްރަބާކަރު، އަދި ސުގަންދާ މިޝްރާ ވަނީ ޝޯ އާއި ވަކިވެފައި އެވެ.

ކަޕިލްގެ 100 ވަނަ އެޕިސޯޑްގެ ހާއްސަ މެހެމާނަކަށް މިފަހަރު ގެނެސްފައިވަނީ އިންޑިޔާގެ އަންހެން ކްރިކެޓް ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް