ސެއިޚް އިމްރާން އަނބުރާ ޖަލަށް ގެންދިއުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވާލަން ރައީސް ޔާމީން ހިންގެވި ފިނޑި އަމަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ "ޝެއިޚް އިމްރާން އަނބުރާ ޖަލަށް ގެންދިއުމަކީ ރައީސް ޔާމީން ހިންގެވި ފިނޑި އަމަލެއް ކަމަށާއި އެ އަމަލަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވާލަން ހިންގެވި އަމަލެއް ކަމަށެވެ. އަދި ދަތިތަކާއެކުވެސް ދާނީ ކުރިއަށް ކަމުގައި" ރައީސް ނަޝީދު ވިދާޅުފައި ވެ އެވެ.
https://twitter.com/MohamedNasheed/status/856340781275021314
މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ، އަހަރެއްހާ ދުވަހު ގޭބަންދުގައި ބެހެއްޓުމަށްފަހު އިއްޔެ ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް