އިންޑިއާގައި މަގުމަތީ އެކްސިޑެންޓުތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވޭ

ފާއިތުވެދިޔަ 2016 ވަނަ އަހަރު އިންޑިއާގައި ކޮންމެ ދުވަހަކު މަގުމަތީ އެކްސިޑެންޓުތަކުގައި 410 މީހުން މަރުވެފައިވާ ކަމަށް ދިރަސާއަކުން ދައްކައިފިއެވެ. ޓައިމްސް އޮންޑިއާއިން ކޮށްފައިވާ ދިރާސާއެއްގެ ބުނެފ...

24 Apr 2017 | 02:52

ފާއިތުވެދިޔަ 2016 ވަނަ އަހަރު އިންޑިއާގައި ކޮންމެ ދުވަހަކު މަގުމަތީ އެކްސިޑެންޓުތަކުގައި 410 މީހުން މަރުވެފައިވާ ކަމަށް ދިރަސާއަކުން ދައްކައިފިއެވެ.

ޓައިމްސް އޮންޑިއާއިން ކޮށްފައިވާ ދިރާސާއެއްގެ ބުނެފައިވަނީ އެއް އަހަރުން އަނެއް އަހަރަށް އެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން  2015 ވަނަ އަހަރު ކޮންމެ ދުވަހަކު 400 މީހުން މަގުމަތީ އެކްސިޑެންޓެންތަކުގައި މަރުވެއެވެ.

މިދިޔަ އަހަރު ޖުމްލަ 1.5 ލައްކަ މީހުން މަގުމަތީ އެކުސިޑެންޓުތަކުގައި މަރުވެފައިވެއެވެ. އަދި 2015 ވަނަ އަހަރު 1.46 ލައްކަ މީހުން މަރުވެފައިވެއެވެ.

އިންޑިއާއަކީ މަގުތަމަތީ އެކުސިޑެންޓްތަކުގެ ރެކޯޑް އޮންނަ ޤައުމެކެވެ. 1970 ގެ އަހަރުތަކުން ފެށިގެން އިންޑިއާގައި މަގުމަތީ އެކުސިޑެންޓުތަކަކީ ވަރަށް އާންމުކަމެކެވެ. މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ މަގުމަތީގެ ޤަނޫނެއް ރަނގަޅަށް އެކުލަވާލެވިފައި ނުވުމާއި، އެކުލާވާލާފައިވީނަމަވެސް އަމަލު ނުކުރެވޭތީކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

މަގުމަތީ ހާދިސާތައް މަދުކުރުމަށް އިންޑިއާގެ ސަރުކާރުންވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަގުމަތީގައި ހިނގާ ހާދިސާތަކުގެ 50 އިންސައްތަ މަދުކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައެވެ.

(ޓައިމްސް އޮފް އިންޑިއާ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް