އުތުރު ކޮރެއާއިން ފުރަން މަސައްކަތްކުރި އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަމަށް އުތުރު ކޮރެއާގެ މީޑިއާއިން ބުނެފިއެވެ.
ކިމް ނަމަކަށް ކިޔާ 50 އަހަރުގެ އެމީހާއަކީ ޗައިނާގެ ޔާބިން ޔުނިވާސިޓީގައި ކިޔަވާދޭ ޕްރޮފެސާރެ ކެވެ. އޭނާ އުތުރު ކޮރެއާއަށް ގޮސް ހުރީ ދެކުނު ކޮރެއާގައި ކުރިއަށް ގެންދިޔަ އެއް މަސް ދުވަހުގެ ރިލީފް ޕްރޮގުރާމަކަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޔޮންޔަންގް އިންޓަނޭޝަނަލް އެއާޕޯޓްގައި ފުރަން ގޮސް ހުއްޓައެވެ.
ކިމް ހައްޔަރުކުރި ވަކި ސަބަބެއް ހާމަކޮށްފައިނުވާއިރު، އުތުރު ކޮރެއާއިން ވަނީ މީގެކުރިން އެމެރިކާގެ ދެ ރައްޔިތަކު ހަމަ މިގޮތައް ހައްޔަރުކޮށްފައެވެ. އޭގެތެރެއިން 62 އަހަރުގެ މީހަކަށް ޖާސޫސްކުރިކަމުގެ ތުހުމަތުކޮށް، ދިހަ އަހަރަށް އަޅުވެތިކޮށްފައިވެ އެވެ. އަދި ދެވަނައަށް ހައްޔަރުކުރި 21 އަހަރުގެ މީހާއަށް ވަނީ ވައްކަމަގެ ތުހުމަތުކޮށް، 15 އަހަރަށް އަޅުވެތިކޮށްފައެވެ.
އެމީހާ ހައްޔަރުކޮށްފައިވާ މި ދުވަސްކޮޅަކީ އުތުރު ކޮރެއާގެ ނިއުކުލިއާ ޕްރޮގުރާމްގެ ސަބަބުން އެމެރިކާއާއި އެ ދެ ޤައުމުގެ ދެމެދުގައި ވަރަށް މަޝްރަހު ހޫނުވެފައިވާ ދުވަސްކޮޅެކެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް