ހަށިގަނޑު ޖަލަށް ލިޔަސް އަޒުމެއް ޖަލަކަށް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝެއިހް އިމްރާން ގެންދަވަނީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާ އާއި ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު ޝެއިހް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކުރި ފަހުން ސިޔާސީ ގޮތުންނާއި އެ ނޫންވެސް ގޮތަކުން މީޑިއާ އާއި މައުލޫމާތެއް ހިއްސާ ނުކުރައްވާ ހުންނެވުމަށް ފަހު ޝެއިހް އިމްރާން މިހެން ވިދާޅުވީ އަނބުރާ މިރޭ ޖަލަށް ގެންދިއުމުގެ ކުރިން ކުރެއްވި ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި ބުނެފައިވަނީ ހަށިގަނޑު ޖަލަށް ލިޔަސް އޭނާގެ އަޒުމާއި ދިވެހި ރައްޔިތުންގެ ގުރުބާނީއެއް ޖަލަކަށް ނުލެވޭނެ ކަމަށެވެ.
"އަޅުގަނޑުގެ ހަށިގަނޑު ޖަލަށް ލިޔަސް މި އަޒުމެއް އަދި ދިވެހި ރައްޔިތުންގެ ގުރުބާނީއެއް ޖަލަކަށް ނުލެވޭނެ. އިންޝާﷲ،" އިމްރާންގެ ޓްވީޓްގައިވެ އެވެ.
https://twitter.com/ShimranAb/status/856189980959322112?ref_src=twsrc%5Etfw&ref_url=https%3A%2F%2Fmihaaru.com%2Fnews%2F16266
ޝެއިހް އިމްރާން ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދު ކޮށްފައި އެވެ. އެއީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިމްރާން އަށް ދިފާއީ ހެކިން ދެއްކިފައި ނުވާތީ ކަމަށް ބުނެފައިވެ އެވެ.
ޝެއިހް އިމްރާންގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު މައްސަލައިގަ ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ ގޭ ބަންދުގައި ބެހެއްޓުމަށް ފަހު ޖަލަށް ބަދަލު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް