ސިނގިރޭޓު ފޮއްޓެއް ގަންނަން އެއް ރިސޯޓުން އަނެއް ފަތާފައި ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި

ސިނގިރޭޓު ފޮއްޓެއް ގަންނަން، ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ރިސޯޓަށް ފަތާފައިދިޔަ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އައިސޮލޭޝަން ފެސިލިޓީއެއް...

24 Mar 2020 | 11:20

ސިނގިރޭޓު ފޮއްޓެއް ގަންނަން، ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ރިސޯޓަށް ފަތާފައިދިޔަ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ފަން އައިލެންޑް ރިސޯޓުން އެ ރިސޯޓުގެ މުވައްޒަފަކު ފަތާފައި، އެ ރިސޯޓާ އިންވެ އޮތް އޮޅުވެލި ރިސޯޓަށް ގޮސްފައިވަނީ ރޭގެ 10:37 ހާއިރުގައެވެ.

މި މައްސައިގާ ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މޫދުގައި އޮއްވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާގެ ބަންދަށް މާފުށީ ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ، ރިސޯޓްތަކަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް