ކުޅުދުއްފުށީ ސިޓީގައި މުސަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފަސް މުސަޅު ގެއަކުން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ17 ވަނަ ދުވަހު ކަމަށެވެ. އެމައްސަލައިގަ ފުލުހުން އެ މުސަޅުތައް ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.
އެގޮތުން މިހާތަނަށް ފެނިފައިވަނީ ހަތަރު މުސަޅު ކަމަށާއި ބާކީ އަނެއް މުސަޅު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
ފުލުހުން ވަނީ މި މައްސަލައިގަ އުމުރުން30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް