ބޯޑަރު ބަންދު ނުކުރުމަކީ ކުރަމުންދާ މަސައްކަތް ބޭކާރުވެދާނެ ކަމެއް: ގައްސާން

ރާއްޖެއަށް ބޭރުން މީހުން އެތެރެވެވެން ހުރި ބޯޑަރުތައް ބަންދު ނުކުރުމަކީ މިހާރު ކުރަމުންދާ ރަނގަޅު މަސައްކަތް ބޭކާރު ވެދާނެ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައް...

24 Mar 2020 | 05:26

ރާއްޖެއަށް ބޭރުން މީހުން އެތެރެވެވެން ހުރި ބޯޑަރުތައް ބަންދު ނުކުރުމަކީ މިހާރު ކުރަމުންދާ ރަނގަޅު މަސައްކަތް ބޭކާރު ވެދާނެ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބެލްޖިއަމްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ވައިރަހަށް ޕޮސިޓިވް ވެފައިވާތީ އޭނާ އާއި މުއާމަލާތްކޮށް ހަދާފައިވާ އެންމެން ހޯދަން އެޗްޕީއޭއިން ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ. މިހާތަނަށް އެ ކޭސްއާއި ގުޅިގެން ޓެސްޓު ކުރި ދެމީހަކު ވަނީ ބައްޔަށް ނެގެޓިވްވެފައި އެވެ.

ގައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރެވެން ޖެހޭ ކަމަށެވެ. އަދި ނުކޮށް ދޭކޮށްލެވޭ މިފަދަ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތްތައް ބޭކާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިތުރަށް ވިދާޅުވީ އެއާޕޯޓާއި ރިސޯޓުތައް އަދި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. ބޯޑަރުތައް ހުޅުވާލައިގެން މި އެންމެންގެ ފުރާތަނަށް ނުރައްކަލުގެ ތެރޭގައި ތިބުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ގައްސާން ވިދާޅުވި އެވެ.

https://twitter.com/mgmaumoon/status/1242145149007740928

މިކަމާ ގުޅޭގޮތުން މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މުޅި ގައުމު ލޮކްޑައުން ކުރެވޭކަށް ނެތް ކަމަށެވެ. އެއީ ރާއްޖޭގެ އިގްތިސޯދަކީ ހަމައެކަނި ޓޫރިޒަމަށް ނުވާތީ ކަމަށެވެ.

އާންމު ފަރުދުންގެ ދިރިއުޅުމާއި އަމިއްލަ ވިޔަފާރިތަކަށް ވެދާނެ ގޮތަކާއި މެދު ސަރުކާރުން ވިސްނަން ޖެހޭ ކަމަށެވެ. އަދި ރާޢްޖެ އަކީ ގިނަ ބޭނުންތަކުގައި ގައުމުން ބޭރަށް ބަރޯސާ ވާން ޖެހިފައިވާ ގައުމެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް