ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްގައި ކޮރޯނާ ވައިރަސްއަށް ޝައްކު ވެގެން ޓެސްޓު ކުރި މީހާ ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.
މިމީހާ ބައްޔަށް ނެގެޓިވްވި އިރު އެނާ އާއި ޑައިރެކްޓު ކޮންޓެކްޓުވި ކަމަށް ބެލެވޭ62 މީހަކު ތިބީ އައިސޮލޭޝަންގައި ބައިތިއްބާފައި އެވެ. އެއީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ވައިރަހަށް ޓެސްޓު ކުރަން ނިންމީ ރިސޯޓަށް ގޮސް ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ. އަދި އެވަގުތު ބަލި ނެތަސް ރާޢްޖެ އައި އިރު ރޯގާގެ އަލާމާތްތައް ހުރިކަމަށް އަމިއްލައަށް ބުނުމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ އޭނާގެ ވާހަކަތަކަށް ބަލައި ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން އަލުން ދެވަނަ ފަހަރަށް ވައިރަހަށް ޓެސްޓު ކުރަން ނިންމާފައިވާ ކަމަށެވެ.
އެމީހާގެ ކޭސް އާއި ގުޅިގެން އެހާ ގިނަ ބަޔަކު އައިސޮލޭޝަންގައި ތިބެން އަންގަން ޖެހުނީ އޭނާއަށް އެއާޕޯޓުގައި ހިދުމަތްދިން ވަކިވަކި މުވައްޒަފުން ސީސީޓީވީ ފުޓޭޖް ބަލައިގެން ދެނެގަންނަން ލަސްވާނެތީ ކަމަށެވެ. އައިސޮލޭޝަންގައި ތިބެން އެންގި މުވައްޒަފުންނަކީ އެގަޑީގައި ޑިއުޓީގައި ތިބި އެންމެން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މި ކޭސްގައި އައިސޮލޭޝަންގައި ތިބެން އެންގީ އެމްއޭސީއެލްގެ 41 މުވައްޒަފަކު، ކަސްޓަމްސްގެ 17 މުވައްޒަފަކު، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން މުވައްޒަފެކެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ޑިއުޓީއަށް ނުކުތުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މިއަދު މަބްރޫކް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް