އިނގުރައިދޫ ދާއިރާގެ ކެންޑިޑޭޓް އަހްމަދު - އިސްލާމް ދީނާއި ތައުލީމަށް ހާއްސަ ތަސައްވުރުތަކެއް

އިނގުރައިދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓް، އަހުމަދު ހުސައިން އަކީ އެ ދާއިރާއަށް ވާދަކުރާ އެންމެ ތަފާތު ކެންޑިޑޭޓްކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ކެންޑިޑޭޓު ނަމްބަރު 5، އަހުމ...

24 Mar 2019 | 15:11

އިނގުރައިދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓް، އަހުމަދު ހުސައިން އަކީ އެ ދާއިރާއަށް ވާދަކުރާ އެންމެ ތަފާތު ކެންޑިޑޭޓްކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ކެންޑިޑޭޓު ނަމްބަރު 5، އަހުމަދުގެ ތަސައްވުރަކީ އިސްލާމް ދީނާއި ތައުލީމަށް ހާއްސަ ތަސައްވުރުތަކެކެވެ.

އަހުމަދުގެ އެންމެ ހާއްސަ ތަސައްވުރަކީ، ދާއިރާގައި ރަގަޅު ދީންވެރި، ހެޔޮލަފާ ޖީލެއް ބިނާކުރުމެވެ. އަދި މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ފަސްނުޖެހި އަހުމަދު ހުންނާނެކަމީ ދާއިރާގެ ރައްޔިތުން ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.

އަހުމަދު ހޮވިއްޖެނަމަ، ރ.އިނގުރައިދޫ ދާއިރާގެ ތައުލީމީ ނިޒާމް ކުރިއަރުވައިދިނުމުގެ ގޮތުން މަތީތައުލީމްގެ ނިޒާމް ތައާރަފްކޮށްދިނުމަށް މަސައްކަތްކުރައްވާނެކަން އަހްމަދު ފާހަގަކުރައްވައެވެ. މިގޮތުން ގްރޭޑް 11 އަދި 12 އަށް ސުކޫލުތަކުގައި ކިޔަވައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި މީގެ އިތުރުން، ރ. އިނގުރައިދޫ ދާއިރާއިން ޑިގްރީ ލެވެލްއިން ބްލޮކް މޯޑަށް ކިޔަވައިދޭ ސެންޓަރެއް ގާއިމްކުރެވި، ކިޔެވޭނެ މަގު ތަނަވަސްކޮށްދޭނެއެވެ.

އަހުމަދަކީ އަހުމަދިއްޔާ ސުކޫލުން ޘާނަވީ ތައުލީމު ހާސިލްކުރައްވައި، ގައުމީ ޔުނިވަރސިޓީއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އަހްމަދު ވަނީ އިމާމް އަދި ކަތީބް ކަމުގެ ލެވެލް ހަރަތެއްގެ ސަނަދުވެސް ހާސިލް ކުރައްވާފައެވެ. އަހްމަދުގެ އެންމެ ހާއްސަ ކަމަކީ، އަހްމަދު ވަނީ ގްރީކްގެ ޕިރެއަސް ޔުނިވާސިޓީ އިން މެރިޓައިމްގެ މަތީ ސަނަދު ހާސިލްކޮށްފައެވެ. އަދި އެމަނިކުފާނު ވަނީ ޔޫރަޕްގައި  10 އަހަރު މަސައްކަތްކޮށްފައެވެ.

ދާއިރާއަށްޓަކައި އަހުމަދުގެ އުންމީދުތައް ވަރަށް ފޮންޏެވެ. އިނގުރައިދޫ ދާއިރާއަށް ބޭނުންވަނީ، ޚުލްގެ ހެޔޮ، އިލްމީ އަދި ޤާބިލް ބޭފުޅެކެވެ. އެހެންކަމުން މިފަހަރު އަހުމަދު އިނގުރައިދޫ ދާއިރާއަށް ހޮއްވަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް