ރާއްޖޭގެ ޖަލުތަކަކީ މީހުންނަށް އަދަބު ދިނުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ސިފަކުރަން ބޭނުމެއް ނުވޭ: ނައިބް ރައީސް

ރާއްޖޭގެ ޖަލުތަކަކީ މީހުންނަށް އަދަބު ދިނުމަށް ބޭނުންކުރާ ތަނެއްގެ ގޮތިގައި ސިފަކުރަން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މާފުށި ޖަލުގައި މިއަދު ތަޢާރަފް...

24 Mar 2019 | 15:05

ރާއްޖޭގެ ޖަލުތަކަކީ މީހުންނަށް އަދަބު ދިނުމަށް ބޭނުންކުރާ ތަނެއްގެ ގޮތިގައި ސިފަކުރަން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި މިއަދު ތަޢާރަފް ކުރި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމު އިފްތިހާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ގައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ މުޖްތަމައަށް އަނބުރާ އައުމަށް ބޭނުން ކުރެވިދާނެ ފުރުސަތެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ. އަދި އިންސާނާ ދިރި ދުނިޔޭގައި ހުރިހާ ހިނދަކު އިންސާނާއަށް ތައުލީމް އުނގެނުމުގެ ފުރުޞަތު ހޯދައިދޭން ޖެހޭނެ ކަމަށާއި، އެއްވެސް ހާލެއްގައި މީހަކަށް ކުށެއް ކުރެވުނީތީ، މީހަކަށް ގޯހެއް ހެދުނީތީވެ، އެކަން މަތީގައި ދެމި ހުންނަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ ޚިދުމަތެއްގެ ސަބަބުން ޖަލުގައި ތިބި ޤައިދީން އަލުން އަނބުރާ މުޖުތައުއަށް ނިކުތުމަށް ރަނގަޅު ފުރުޞަތެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް