އުރީދޫން ތައާރަފްކުރި ޑިޖިޓަލް ކްލާސްރޫމް ނައިބު ރައީސް ލޯންޗް ކޮށްދެއްވައިފި

ކަރެކްޝަންސް އާއި ގުޅިގެން އުރީދޫން މާފުށީ ޖަލުގެ ގައިދީންނަށް ޓްރެއިނިން އާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް، އެ ކުންފުނީގެ ސްމާޓް ކެމްޕަހުގެ ޑިޖިޓަލް ކްލާސްރޫމެއް ނައިބު ރައީސް ފައިސަލް ނަ...

24 Mar 2019 | 13:44

ކަރެކްޝަންސް އާއި ގުޅިގެން އުރީދޫން މާފުށީ ޖަލުގެ ގައިދީންނަށް ޓްރެއިނިން އާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް، އެ ކުންފުނީގެ ސްމާޓް ކެމްޕަހުގެ ޑިޖިޓަލް ކްލާސްރޫމެއް ނައިބު ރައީސް ފައިސަލް ނަސީމް ތައާރަފްކޮށްދީފިއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ގެ އިތުރުން، އުރީދޫގެ ސީއީސޯ ނަޖީބް ޚާން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަނީ ކަމާގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތް ކޮށްގެން މުޖުތަމައު އަށް ހެޔޮ ބަދަލުތައް ގެނައުމަށް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޖީބް ޚާން ވިދާޅުވިއެވެ. އަދި އުރީދޫ ސްމާޓް ކެމްޕަހަކީ އެވޯޑް ވިނިން ޕްލެޓްފޯމެއް ކަމުގައި ފާހަގަ ކުރައްވައި ނަޖީބް އިތުރަށް ވިދާޅުވީ، އުރީދޫއިން ގަބޫލުކުރަނީ މި ޕްލެޓްފޯމާއި އެކު، ސަރުކާރުން އިސްވެ ހިންގަމުން އަންނަ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެވޭނެ ކަމަށެވެ.

ސްމާޓް ކެމްޕަސް މެދުވެރުކޮށް ދަރިވަރުންނަށް ކޮންމެ ވަގުތެއްގައި ވެސް ފިލާވަޅުތައް ކިޔައި، ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް ކޯސް ވޯކް ފުރިހަމަކޮށް، ސަބްމިޓް ކުރުމުގެ ފުރުސަތު ލިބޭތީ ތައުލީމު ހާސިލް ކުރުމަށް އިތުރު ފަސޭހަ ކަމެއް ދަރިވަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް