ކަނޑިތީމު ދާއިރާ އަށް ފަޔާޒް އިންތިޚާބު ކުރަން ޖެހެނީ ކީއްވެ ؟

ކަނޑިތީމު ދާއިރާގެ 1 ނަންބަރު ކެންޑިޑޭޓް އިންތިޚާބު ކުރަންޖެހޭ ސަބަބެއް އޮތްތޯ ބަލާލުމަށް ދުވަސް އޮންލައިން އިން ގުޅާލުމުން ހިނިތުންވުމާއި އެކު ވިދާޅުވީ ސަބަބުތައް ވަރަށް ގިނަކަމަށެވެ. ދާއިރާގެ 5 ރަށަ...

24 Mar 2019 | 13:26

ކަނޑިތީމު ދާއިރާގެ 1 ނަންބަރު ކެންޑިޑޭޓް އިންތިޚާބު ކުރަންޖެހޭ ސަބަބެއް އޮތްތޯ ބަލާލުމަށް ދުވަސް އޮންލައިން އިން ގުޅާލުމުން ހިނިތުންވުމާއި އެކު ވިދާޅުވީ ސަބަބުތައް ވަރަށް ގިނަކަމަށެވެ. ދާއިރާގެ 5 ރަށަށް ނިސްބަތްވާ ހަމައެކަނި ކެނޑިޑޭޓް ފަޔާޒަކީ ތައުލީދާއިރާގެ އިތުރުން މީޑިއާގައި މަގްބޫލު ޒިންމާދާރު މަގާމުތައް ފުރުއްވި ތައުލީމީ ބޭފުޅެކެވެ. ގާނޫނު އަސާސީ އާއި ގާނޫނު ތަކަށް ފަރިތަ ބޭފުޅަކަށް ފަޔާޒް ވުމަކީ ވެސް ފަޔާޒް އިންތިޚާބު ކުރަންޖެހޭ ސަބަބެކެވެ.

ފަޔާޒަކީ ހައްގުތަށް ކަށަވަރު ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފަޔާޒް އިންތިޚާބު ކުރަންޖެހޭ ސަބަބު ތަކުގެ ތެރޭގައި :

- ސަރުކާރުން ދާއިރާގެ ރަށްތަކަށް ވެވަޑައިގަތް ވައުދުތަށް ފުއްދާތޯ ބަލައި ފާރަވެރިވެ ވައުދުތަށް ނުފުއްދާނަމަ ވަޒީރުން ޖަވާބު ދާރީ ކުރުމުގައި ފަސްނުޖެހޭނޭ ކަމަށް ތަކުރާރު ކޮށް ވިދާޅުވަމުން ގެންދަވާތީ

- މާތްވެގެންވާ އިސްލާމް ދީނާއި ޚިލާފު އެއްވެސް ކަމަކަށް އެއްބާރުލުން ނުދެއްވާނޭ ކަމަށް ތަކުރާރު ކޮށް ވިދާޅުވުން

- އެޖެންޓަކާއި ނުލައި ރައްޔިތުންނާއި ފަސޭހައިން ބައްދަލުވާނެ ކަމުގެ ޔަގީން ކަމާއެކު އަމިއްލަ ފޯނު ނަންބަރު ހިއްސާކުރަމުން ގެންދެވުން

- ރައްޔިތުންނާއި ގުޅޭ ބިލުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާނެކަމުގެ ޔަގީންކަން ދެއްވުން

- ބަޖެޓުގައި ދާއިރާގެ ރަށްތައް ތަފާތު ކުރުމެއްނެތި މަޝްރޫޢުތައް ހިމެނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވުން

- މަޖިލީހުގައި ގޮތް ނިންމާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނޭ ކަމަށް ވިދާޅުވުން

- ރަށްރަށުގެ މުއައްސަސާ ތަކަށް ވަކިން ބައްދަލުކޮށް ކަންބޮޑުވުން ތަކާއި ދަތިތައް ސާފުކޮށް އެކަން ކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން ދެއްވުން

- ރައްޔިތުންނާއި ގާތުން މައުލޫމާތު ހިއްސާ ކުރަމުން ގެންދެވުން

- މަސްތުވާތަކެއްޗާއި ސިގިރޭޓް ފަދަ ނޭދެވޭ ކަންކަމުން ދުރުހރލިވެ ހުންނަވާތީ

- އުފަން ރަށުގެ އިތުރުން އެހެން އެއްވެސް ރައްޔިތަކަށް ވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ގެއްލުމެއް ދީފައި ނުވުން

- އުމުރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މަދުވެގެން 25 މީހަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވާތީ

- ކީރިތި ގުރުއާނާއި ދިނީ ކުއިޒް މުބާރާތެއް ދާއިރާގެ ހުރިހައި ރަށެއްގެ މެދުގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައި ވާތީ

- ކައުންސިލްތައް ބާރުވެރި ކުރުވުމަށާއި އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެފައި ވަތީ

- ދަނޑުވެރީންނަށް ފަހި މާހައުލެއް ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެފައިވާތީ

- ލަފާ ފުރުމާއި މަސްވެރީންގެ ހައްގުތަކަށް ރިއާޔަތްކޮށް އެކަށޭނެ މަސައްކަތް ތަކެއް ކުރައްވާނޭ ކަމަށް ވިދާޅުވެފައިވާތީ

- އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވެފައިވާތީ

- ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ ދުވަސްވަރު އިނަޔަތް ލިބޭނޭ މަގު ތަނަވަސް ކުރުމަށް އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވެފައި ވާތީ

- ލޯކަލް ޓުއަރިޒަމާއި ފަތުރުވެރީން ނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދިފާއުގައި އަޑު އުފުލާނޭ ކަމަށް ވިދާޅުވެފައިވާތީ

- މީޑިއާގައި ސިޔާސީ ވެރީން ޖަވާބުދާރީ ކުރުވި ގޮތަށް ސަރުކާރުގެ ވަޒީރުން މަޖިލީހުގައި ޖަވާބު ދާރީ ކުރުވުމުގައި ހުންނާނޭ ކަމަށް ވިދާޅުވެފައި ވާތީ

- ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައި މުވައްޒަފުންގެ ހައްގުގައި ވަޒީފާއި ބެހޭ ގާނޫނަށް އިސްލާހް ހުށަހަޅާނޭ ކަމަށް ވިދާޅުވެފައި ވާތީ

- ކީރީތި ގުރުއާނޭބެހޭ މަރުކަޒުގެ ގޮފިތައް ދާއިރާގެ ރަށްތަކުގައި ހުޅުވުމަށް މެދުވެރިއެއްގެ ރޯލު އަދާކުރާނޭ ކަމުގެ ޔަގީންކަން ދެއްވާފައިވާތީ

- ފާޅުގައި 30 އަހަރުގެ އިޙްމާލުވުންތަކުގެ ވާހަކަ ތައް ދައްކަވައި އެކަންކަމުގެ ހައްލު ހޯދަވައި ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވުން ހިމެނޭއެވެ.

ފަޔާޒް އިންތިޚާބު ކުރަންޖެހޭ ބައެއް ސަބަބުތައް ހިއްސާ ކުރައްވަމުން އިތުރަށް ވިދާޅުވީ އިންތިޙާބު ކުރަންޖެހޭ ބައެއް ސަބަބު ތައް އަދިވެސް އެބަހުރިކަމަށާއި ފަޔާޒަކީ ބަސްބުނަންޖެހޭ ތަނުގައި ބަސް ބުނަން ޖެހިލުންވާނޭ ބޭފުޅެއް ނޫންކަމަށެވެ. މިއަދު ކަނޑިތީމު ދާއިރާގެ ރައްޔިތުން ބުނަމުން އެދަނީ ފަޔާޒަކީ 30 އަހަރުގެ އަޅުވެތި ކަމުން ދާއިރާ ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެއްވަނައިގެ ކެނޑިޑޭޓެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް