މިފްކޯއިން ފޭރުނު ދެ މިލިޔަންގެ މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު ސައިކަލުތަކެއްގައި ދިޔަ ބަޔަކު މިފްކޯގެ ވޭނެއް ހުއްޓުވައި ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގަ...

24 Mar 2019 | 08:23

މިދިޔަ އަންގާރަ ދުވަހު ސައިކަލުތަކެއްގައި ދިޔަ ބަޔަކު މިފްކޯގެ ވޭނެއް ހުއްޓުވައި ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް