ޒިޔާދާގެ ފިރިމީހާގެ މައްޗައް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރޮސްކިއުޓާ ޖެނެރަލް ނިންމައިފިއެވެ.
ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް 2015 ވަނަ އަހަރު ނިޔާވި ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާވެސް ސާބިތުނުވާ ކަމަށް ކޮރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު ނިންމަވައިފައެވެ.
ދައުވަތުން އުފުލި ހަތަރު ދައުވާއަކީ، އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އަދި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.
އަދި ޕީޖީން ވަނީ އެ ހަތަރު ދައުވާ ވެސް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅަން ނިންމާފަ އެވެ.
އެހެން ނަމަވެސް އިސްތިއުނާފަށް ހުށަހަޅާނެ ވަކި ތާރީހެއް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް