ބިދޭސީންގެ ހުއްދައިގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށުން

ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ ވޯކް ޕާމިޓްގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން މިއަދު ހިދުމަތް ދޭން ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވ...

24 Mar 2019 | 07:50

ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންގެ ވޯކް ޕާމިޓްގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި، ކޯޓާ ހަމަ ޖައްސައިދިނުމުގެހިދުމަތާއި، ރާއްޖެއަށް އަންނަ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީވުމުގެ ހިދުމަތާއި، އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމުގެ ހިދުމަތާއި، ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްގެ ހިދުމަތް ދިނުން ހިމެނެ އެވެ.

މި މިނިސްޓްރީގެ މަގުސަދަކީ، ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަކަށާއި، ދެފުށް ފެންނަ ގޮތަކަށް ބިދޭސީން ރާއްޖެ ގެނައެމުގެ ކަންކަން ކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެ ގެންނަ ބިދޭސީންގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް