ފުލިދޫ ކުނިގޮނޑުގައި ރޯވެއްޖެ

ވ. ފުލިދޫ ކުނިގޮނޑު ސަރަހައްދުގެ ބޮޑު ބައެއްގައި އަލިފާން ރޯވެއްޖެއެވެ. އަލިފާންގަނޑު ރޯވެފައިވަނީ އާ ކުނިކޮށީގެ ބޭރުގައި ކަމަށާއި، އެ އަލިފާންގަނޑު ރޯވެފައިވަނީ އިއްޔެ ހަވީރު ކަމަށް  ފުލިދޫ ކައުންސިލ...

24 Mar 2019 | 07:20

ވ. ފުލިދޫ ކުނިގޮނޑު ސަރަހައްދުގެ ބޮޑު ބައެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާންގަނޑު ރޯވެފައިވަނީ އާ ކުނިކޮށީގެ ބޭރުގައި ކަމަށާއި، އެ އަލިފާންގަނޑު ރޯވެފައިވަނީ އިއްޔެ ހަވީރު ކަމަށް  ފުލިދޫ ކައުންސިލަރު މޫސާ ފާއިޒް ވިދާޅުވިއެވެ. އަދި އަލިފާންގަނޑު ރޭ 21:30 ހާ އިރު ނިއްވާލާފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ހެނދުނު އަނެއްކާވެސް ތރޯވެފައިވާ ކަމަށާއި، އެ ސަރަހައްދުގައި ހުރި ހުރިހާ ގަހެއްގަ އާއި ބޭރުގައި ހުރި ހަޑިތަކެއްގައިވެސް ރޯވެފައިވާ ކަމަށް ފާއިޒު ވިދާޅުވިއެވެ. އަދި އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު މިހާރު ވަނީ އަލިފާންގަނޑު ނިންވާލާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ހާދިސާގައި އެކަކަށް ވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފާއިޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް