ބިންހެލުމުގެ އަސަރު ނުކުރާނެކަމަށް މެޓްއިން ހާމަކޮއްފި

ރާއްޖެ ކައިރިއަށް އައި ބިންހެލުމުގެ އަސަރު ނުކުރާނެކަމަށް މޯލްޑިވިސް މީޓްރޮލޮޖިކަލް ސާވިސް އިން ހާމަކޮށްފިއެވެ. ޑިއޭގޯ ގާސިއާ ސަރަހައްދަށްމި ބިންހެލުން އައިސްފައިވަނީ، ރާއްޖެއާއި 971.8 ކިލޯމީޓަރު ދުރު...

24 Mar 2019 | 05:16

ރާއްޖެ ކައިރިއަށް އައި ބިންހެލުމުގެ އަސަރު ނުކުރާނެކަމަށް މޯލްޑިވިސް މީޓްރޮލޮޖިކަލް ސާވިސް އިން ހާމަކޮށްފިއެވެ.

ޑިއޭގޯ ގާސިއާ ސަރަހައްދަށްމި ބިންހެލުން އައިސްފައިވަނީ، ރާއްޖެއާއި 971.8 ކިލޯމީޓަރު ދުރުމިނުގައި 5.2 މެގްނެޓިއުށް ގެ ބާރުމިނުގައެވެ.

މި ބިން ހެލުން އައިސްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 8:37 ގައެވެ.

އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވިސް މީޓްރޮލޮޖިކަލް ސާވިސް އިން ކޮއްފައިވާ ޓްވީޓެއްގައި ހާމަކޮއްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް