ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޕާކިސްތާން ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މަޚްދޫމް ޝާހް މަހްމޫދު ކުރޭޝީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މިނާސަބަތުގައި، އެ ގައުމުގެ ހާރިޖީ ވަޒީރަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް، ޝާހިދުގެ މެސެޖުގައި ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދުގެ މެސެޖުގައި ވަނީ ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި ޕާކިސްތާނު ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް މަރުޙަބާ އާއި ތަޙުނިޔާ ވިދާޅުވެފައެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމާއި އިތުރު ކުރިއެރުމަށާއި، ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހި ވެގެންދާނޭ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް