ރައްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ ދެ މާކެޓެއްގެ އަގު އުފުލިއްޖެ

ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ ސްޕެއިންގެ މާރކަމެޑްރިޑް މާކެޓްގައާއި ތައިލެންޑް މާކެޓްގައި މަހުގެ އަގު އުފުލިއްޖެއެވެ. މިދިޔަ މަހު ތައިލެންޑްގައި ކަޅުބިލަމަސް ކިލޯއެއް ލިބެންހުރީ 19 ރުފިޔާ 74 ލާރ...

24 Mar 2019 | 04:42

ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ ސްޕެއިންގެ މާރކަމެޑްރިޑް މާކެޓްގައާއި ތައިލެންޑް މާކެޓްގައި މަހުގެ އަގު އުފުލިއްޖެއެވެ.

މިދިޔަ މަހު ތައިލެންޑްގައި ކަޅުބިލަމަސް ކިލޯއެއް ލިބެންހުރީ 19 ރުފިޔާ 74 ލާރިއަށެވެ. ނަމަވެސް މި މަހު ކިލޯއެއް ލިބެންހުރީ 23 ރުފިޔާ 13 ލާރިއަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި ސްޕެއިންގެ މާރކަމެޑްރިޑް މާކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައި ލިބެންހުރީ 159 ރުފިޔާ 92 ލާރިއަށެވެ. އޭގެކުރީ ހަފްތާގައި މި އަދަދު އުޅުނީ 157 ރުފިޔާ 52 ލާރީގައެވެ.

މި ދެ މާކެޓްގައި އަފު އުފުލިފައިވީނަމަވެސް ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރުގައި މަހުގެ އަގު ވަނީ ދައްވެފައެވެ.

އެގޮތުން މިދިޔަ ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 238 ރުފިޔާ 88 ލާރިއަށެވެ. އޭގެކުރީ ހަފްތާގައި މިއަދަދު އުޅުނީ 306 ރުފިޔާ 88 ލާރީގައެވެ.

މަސްގަންނަ ކުންފުނި ތަކުން ރާއްޖޭގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ގަންނަ އަގުވެސް މިދިޔަ ހަފްތާގައި ވަނީ 9.59 އިންސައްތަ ދަށްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް